ads
ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް
ގާސިމް އެޑްމިޓް ކޮށްގެން ފަރުވާދެނީ، ހާލު ރަނގަޅު
މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
Advertisement

އުމުރުން 74 އަހަރުގެ ގާސިމްގެ ސިއްހީ ހާލަތު ގޯސްވީ އަމިއްލަ ރިސޯޓު، ސަން އައިލެންޑްގައި ހުއްޓާ އިއްޔެގެ ވަގުތެއްގަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗަށް ވަޑައިގަތުމާ އެކު، އެޑްމިޓްކޮށް ގާސިމަށް ފަރުވާދޭން ފެށި އެވެ.

އެކަމަކު މިހާރު ސްޓޭބަލް. ހާލުކޮޅު ވަރަށް ރަނގަޅު ކަމަށް ގާސިމްގެ ގާތް ފަރާތުން ވިދާޅުވި އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ދިވެހި ދައުލަތަށާއި ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ, ގާސިމަށް މިދިޔަ ޖުލައި މަހު ވަނީ, ނިޝާން އިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.އ.އ.ވ) ވެސް އަރުވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް