ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިތުރު ރަހުނެއް ނުބަހައްޓައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ލޯނު ދޫކުރަން މިދިޔަ އަހަރުގެ މެއި މަހު ބީއެމްއެލުން ފަށާފައިވާ ކަމަށާއި އަދި ސިޓީތަކަށް އެ އަދަދު މިއަހަރުގެ ފެބްރުއަރީ މަހު ދެ މިލިއަން ރުފިޔާއާ ހަމައަށް ބޮޑުކޮށްދީފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ލޯނަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ބީއެމްއެލް އިން ހުޅުވާލާނެ ކަމަށާއި ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނެއް ނުބަހައްޓައި ލޯނު ނެގުމަކީ ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމެއް ކަމަށެވެ.
ހޯމް އިކުއިޓީ ލޯނު ދޫކުރަނީ 50،000ރ. އަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ މީހުންނަށެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އެ ލޯނު ދޫކުރާނީ 10 ޕަސެންޓުގެ ރޭޓުގަ އެވެ.
އެ ލޯނުގެ އިތުރުން މިދިޔަ އަހަރު އެ ބޭންކުން ވަނީ ހޯމް އިކުއިޓީގެ ނަމުގައި ވެސް ލޯނެއް ތައާރަފްކޮށްފަ އެވެ. އެ ލޯނު ދޫކުރަނީ ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމައަށެވެ.