ads
އޭސީޕީ ރިޔާޒް/ ފޮޓޯ:ސަން
މާލެ ސަރަަހައްދަށް ލޮކްޑައުނުގެ ހާލަތަށް ގެނައި ފަހުން ވައްކަން މަދުވެއްޖެ: އޭސީޕީ ރިޔާޒް
މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެނައި ފަހުން ވައްކަން މަދުވެފައި ވާކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވެއްޖެ އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން އެސީޕީ ރިޔާޒް ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކީ ކުށް ކުރާ އަދަދު މަދުވެފައި ވާކަމަށާއި މިއީ އާންމުކޮށް ކުށް ކުރާ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އެގޮތުން މިހާރުވެސް 86 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ހުރި ކަމަށް އޭސީޕީ ވިދާޅުވި އެވެ. 

މާލެ ސަރަހައްދު އޭޕްރިލް 15 ވަނަ ދުވަހު ލޮކްޑައުން ގެ ހާލަތަށް ގެނެވުމާއި އެކު މާލޭގެ މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި މަގުމައްޗަށް ފުލުހުންގެ ހުއްދަ ނެތި ނުނިކުމެވޭ އިރު، މިގޮތަށް ހުއްދަ ނެތި މަގުމައްޗަށް ނުކުމެ އުޅޭ މީހުން ޖޫރިމަނާ ކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

މާލެ ސަރަހައްދު އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން 14 ދުވަހަށް ލޮކްޑައުން ކުރި ނަމަ ވެސް މިހާރު މިވަނީ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރު ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް