ads
ފޭޒްލީން: ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި -
ޓިކްޓޮކް ފޭޒްލީން 10000ރ ދެއްކުމުން ބަންދުން ދޫކޮށްލައިފި
މިދިޔަ ބުދަ ދުވަހުގެ ރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި، ޓިކްޓޮކްގައި މަޝްހޫރު އަންހެނަކު ކަފާލާތަށް 10،000 ރުފިޔާ ބަހެއްޓުމުން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ، ކަފާލާތުގެ ފައިސާ ދެއްކުމުން އާމިނަތު ފޭޒްލީން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. 

ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދުން ދޫކުރާ އުސޫލެވެ.  

ފުލުހުން ރޭ ބުނީ ފޭޒްލީން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭގެ 11:38 ހާއިރު ތިނަދޫ ގެއަކަށް ހުއްދަ ނެތި ވަދެ، އެ ގޭގައި ތިބި ކުޑަކުދިންތަކަކާ މެދު ހުތުރު ބަހުން މުއާމަލާތްކޮށް، މާރާމާރީ ހިންގައި އިންޒާރު ދިން މައްސަލައެއްގަ އެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް