އަޒްހާން ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ލީޑް ކެރެކްޓަރުގެ ރޯލުން ފެނިގެންދާނީ ޒުވާން އެކްޓަރު އައިޝާ އަލީއެވެ. މައުލޫމާތު ލިބޭ ގޮތުގައި ފިލްމުގައި ފެންނާނީ ޒުވާން އަންހެނެއްގެ ހަޔާތެވެ. އޭނާއަށް ދިމާވާ އެކި ދަތިތަކަށް ފަހު އިންސާފު ހޯދުމަށް މަސައްކަތް ކުރާތަން މި ފިލްމުން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ ކާސްޓްގައި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާނާއި އިތުރުން މަރިޔަމް ޝިމާގެ އިތުރުން ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ އަހުމަދު ނިމާލާއި އަލީ ފާރޫގާއި އޭނަގެ އަންހެނުން މަރިޔަމް ހަލީމްގެ އިތުރުން އަލަށް ތައާރަފުކުރާ ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ.
މި ފިލްމުގެ ގިނަ މަސައްކަތްތަކެއް މިހާރު އޮތީ ނިމިފަ އެވެ. އަޒްހާންގެ ލިލީ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 20ގައެވެ.