ads
އަނިޔާ
އޮގަސްޓު މަހު ކުޑަކުދިންނައް ކުރާ އަނިޔާއާ ގުޅޭ 84 މައްސަލައެއް ރިޕޯޓް ކުރި
އޮގަސްޓު މަހު ކުޑަކުދިންނައް ކުރާ އަނިޔާއާ ގުޅޭ 84 މައްސަލައެއް ރިޕޯޓް ކުރެވިފައިވާ ކަމަށް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ބުނެފައިވެ އެވެ.
Advertisement

40 ކޭސް އެއް ފިރިހެންކުދިންނައް ކުރާ އަނިޔާއާއި ގުޅޭ ގޮތުން ކޮށްފައިވާ އިރު 44 ކޭސް އެއް ރިޕޯޓް ކޮށްފައިވަނީ އަންހެން ކުދިންނައް ކުރާ އަނިޔާ އާއި ގުޅިގެންކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ. 

ކުޑަކުދިން އެކަހެރިކޮށްލުންމާއި ގުޅިގެން ހުށަހޭޅުން 26 ކޭސްގެ ތެރެއިން 15 ކޭސް އަކީ އަންހެން ކުދިން އެކަހެރި ކޮށްލުމާއި ގުޅިގެން ހުށަހެޅުން ކޭސް އަށް ވާއިރު ބާކީ ހުރި 11 ކޭސް އަކީ ފިރިހެން ކުދިން އެކަހެރިކޮށްލުމާއި ގުޅިގެން ހުށަހެޅުން ކޭސްތައް ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ. 

އެ މިނިސްޓްރީން ބުނި ގޮތުގައި އަންހެން ކުދިންނައް ޖިންސީ އަނިޔާ ލިބުމާއި ގުޅިގެން 9 ކޭސް ހުށަހެޅުން އިރު ފިރިހެން ކުދިންނައް ޖިންސީ އަނިޔާ ލިބިގެން 4 ކޭސް ލިބިފައިވާ ކަމަށެެވެ. 

ޖިސްމާނީ އަނިޔާ ލިބިގެން ޖުމްލަ 8 ކޭސް ހުށަހެޅުން އިރު ބްލެކްމެއިލްކޮށްގެން 6 ކޭސް ހުށަހެޅިފައިވާ ކަމަށް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ބުނެ އެވެ. 

" މިހާރުވެސް 83 ފިރިހެން ކުދިން އަދި 73 އަންހެން ކުދިން ސަރުކާރުގެ ބެލުމުގެ ދަށުގައި އެބަހުރި. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އިތުރު 4 އަންހެން އަދި 4 ފިރިހެން ކުދިން އިތުރަށް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވުން. މީގެ އިތުރުން 1 ކުއްޖަކުވަނީ ފޮސްޓާ ކެއާ އަށް ލެވިފައި" ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީން ބުނެ އެވެ.

އިމޯޝަނަލީ އެބިއުސް ކުރުމުން ހުށަހެޅުން 9 ކޭސް އަށް ބަލާ އިރު 2 ކޭސް ހުށަހެޅިފައިވަނީ އަންހެން ކުދިންނައް އިމޯޝަނަލީ އެބިއުސް ކޮށްގެން ކަމަށާއި ބާކީ އިން 7 ކޭސް އަކީ ފިރިހެން ކުދިންނައް އިމޯޝަނަލީ އެބިއުސް ކޮށްގެން ހުށަހެޅުން މައްސަލަތައް ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ. 

ޖިންސީ ފުރުސާރަ އަދި ގޯނާ އާއި ގުޅިގެން 6 ކޭސް އެއް ހުށަހެޅުން ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ކިޔެވުމުގެ ފުރުސަތު ބަންދުކޮށްފައި ވުމުން 4 ކޭސް އެއް ހުށަހެޅުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. 

ބެލެނިވެރިކަމުގެ މައްސަލަތަކާއި ގުޅިގެން 9 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައި އެވެ.

ކުޑަ ކުދިން ހައްގުތަކަށް އަރައިގަތުމުގެ 25 ކޭސް އެއް ހުށަހެޅުން ކަމަށާއި އެ ގޮތުން ވެކްސިން ޖެހުމަށް ދެ ކޮޅުހަދައިގެން 1 ކޭސް އަދި ކުދިން ސްކޫލަށް ފޮނުވަން ދެކޮޅުހަދައިގެން 3 ކޭސް އަދި ކުދިން އެހެން ހައްގުތަކަށް އަރައިގަނެގެން ޖުމްލަ 21 ކޭސް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް