އުމުރުން 74 އަހަރުގެ ގާސިމް އައިޖީއެމްއެޗުގައި އެޑްމިޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. އެ މަނިކުފާނު އައިޖީއެމްއެޗަށް ގެންދެވީ ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް އުނދަގޫތަކެއް ވެވަޑައިގެންނެވުމާ ގުޅިގެންނެވެ.
ގާސިމްގެ ގާތް ބޭފުޅަކު ވިދާޅުވީ، ފަރުވާއަށް ފަހު މިއަދު އެ މަނިކުފާނު ގެކޮޅަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ހާލުކޮޅު މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެެވެ.
އުމުރުން 74 އަހަރުވި ނަމަވެސް ގާސިމަކީ އަދިވެސް އަމިއްލަފުޅު ވިޔަފާރިއާއި ސިޔާސީ މަސައްކަތުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅެކެވެ.
އެ މަނިކުފާނަކީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އެކި ރޮނގުތަކުން ގައުމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ހިދުމަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން, ގާސިމަށް މިދިޔަ ޖުލައި މަހު ވަނީ ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް (ނ.އ.އ.ވ) ވެސް އަރުވައިފަ އެވެ.