ads
ސެލީނާއާއި ބެނީ ކައިވެނީގެ ހެދުމުގައި
ސެލީނާ ގޯމޭޒްއާއި އާއި ބެނީ ކައިވެނިކޮށްފި
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ މިއުޒިކް ޕްރޮޑިއުސަރު ބެނީ ބްލޭންކޯ ކައިވެނި ކޮށްފި އެވެ.
Advertisement

އެ މީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވެފައި ވަނީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިން ކަމަށް މީޑިއާތަކުން ބުންޏެވެ.

ކައިވެނީގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވެސް ސެލީނާ ވަނީ ހިއްސާކޮށްފައިވެ އެވެ. އެއިން ފޮޓޯއެއްގެ ކެޕްޝަންގައި ކައިވެނިކުރި ތާރީހު ލިޔެފައިވާއިރު ބެނީ ވަނީ އެ ޕޯސްޓަށް ކޮމެންޓް ކުރަމުން "އަހަރެންގެ އަނބިމީހާ" ކަމުގައި ބްލޭންކޯ ވަނީ ބުނެފަ އެވެ. 

އެ ކައިވެންޏަށް ހާޒިރުވި މެހެމާނުންގެ ތެރޭގައި ހޮލީވުޑްގެ ބައެއް ތަރިން ހިމެނުނު ނަމަވެސް މުޅި ހަފްލާ ކުރިއަށް ދިޔައީ ވަރަށް ސިއްރުވެރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ދެހާސް ތޭވީހުގައި ސެލީނާ، 33، އާއި ބެނީ، 37، ރައްޓެހިވުމަށް ފަހު، އެންގޭޖްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް