ads
އެމްފައިސާ ޓްރެވަލް އިންޝުއަރަންސް ނެގުމަށް "ފަތުރުވެރިންނާ" އެކު ޕާޓްނާޝިޕެއް
އަމާނާ ތަކަފުލް މެދުވެރިކޮށް އުރީދޫގެ އެމް-ފައިސާއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސްގެ ހިދުމަތް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މަޝްހޫރު ޓްރެވަލް އެޖެންސީ "ފަތުރުވެރިން ޓްރެވަލްސް"އާއެކު އެމް-ފައިސާއިން ޕާޓްނާޝިޕެއް ގާއިމްކޮށްފި އެވެ.
Advertisement

އުރީދޫއިން ބުނީ އެ އެމްފައިސާ ޓްރެވަލް އިންޝުއަރެންސްގެ ދަށުން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ޑިޖިޓަލްކޮށް އިންޝުއަރެންސް ހެއްދޭނެ ކަމަށެވެ.

އެގޮތުން އެ ޕެކޭޖުގެ އުރީދޫ ސުޕައެޕުގެ އެމްފައިސާ ވޮލެޓުން ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ނެގޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެ އިންޝުއަރެންސްގެ ދަށުން ދަތުރުމަތީގައި ހުންނަ މީހާއަށް 771،000ރ. އާ ހަމައަށް އެކި ހާދިސާތަކާ ގުޅިގެން ރައްކާތެރިކަން ލިބޭއިރު، 1،542،000ރ. އާ ހަމައަށް މެޑިކަލް އެމަޖެންސީއަށް ކަވަރޭޖް ލިބެ އެވެ.

އަދި ޕާސްޕޯޓް ގެއްލުމާއި ބެގެޖް ގެއްލުން ނުވަތަ ކެންސެލޭޝަންގެ އިތުރުން 12 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވާ ޓްރެވަލް ޑިލޭތަކާއި ކަނެކްޓިން ފްލައިޓް ނުވަތަ ޑިޕާޗާއަށް ގަޑިއަށް ނުދެވިއްޖެނަމަ ކޮމްޕެންސޭޝަން ލިބޭނެ އެވެ.

އެމް-ފައިސާއިން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސަކީ ދަތުރުމަތީގައި ކުރިމަތިވެދާނެ އެކި ހާލަތްތަކަށް ކަވަރެޖް ފޯރުކޮށްދޭ، ފަސޭހައިން ހިޔާރު ކުރެވޭނެ ޑިޖިޓަލް އިންޝުއަރެންސް ސޮލިއުޝަނެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް