ads
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ - ފައިލް ފޮޓޯ: މަޖިލިސް
މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
Advertisement

ގާނޫނު ބުނާ ގޮތުން ޖުމްލަ ހަތް މެންބަރުން ތިބޭ މި ކޮމިޝަންގެ ތިން މެންބަރުންނަކީ މަޖިލީހުން ކަނޑައަޅާ މެންބަރުންނެވެ.

މަޖިލީހުން މިއަދު ކުރި އިއުލާންގައި، މި ތިން މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 12ގެ މެންދުރު 12ގެ ނިޔަލަށެވެ. އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަނާ އެކު އިގްރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމާއި އެ ފަރާތެއްގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. 

މީޑިއާތަކުގެ މެދުގައި ވޯޓު ނަގައިގެން އިންތިހާބުކުރާ މެމްބަރުންގެ އިންތިހާބު ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާއިރު، އެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 353 މީޑިއާއަކަށެވެ.

މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ ވެސް އެކަމާ ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ. ރާއްޖޭގެ ގިނަ މީޑިއާ ތަކެއް ތަމްސީލުކުރާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ވަނީ މި ގާނޫނަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި މި ގާނޫނޫގެ ދަށުން ބާއްވާ އިންތިހާބު ވެސް ބޯއިކޮޓް ކުރާނެ ކަމަށް އެމްޖޭއޭ ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް