ads
ހަންކެޑެ ތަރައްޤީކުރުމަށް އެޅި ބްރިޖުގައި
ޓޫރިޒަމްގެ އާ މަޝްރޫއެއް ހިންގަން ހަންކެޑެ މިނިސްޓްރީގެ ދަށަށް
އައްޑޫ ހަންކެޑެ އަކީ ރިއަލްއެސްޓޭޓް ޓޫރިޒަމަށް ދޫކުރާ ސަރަހައްދެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައި ނެރުއްވި ގަރާރު، ރައީސްް ޑރ.މުހައްމަދު މުއިއްޒު މިރޭ އުވާލައްވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ މި ނިންމުމާއެކު، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ގަރާރު އުވާލާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ހަންކެޑެގައި ކުރިއަށްގެންދަން ނިންމާފައިވާ ޓޫރިޒަމްގެ އާ މަޝްރޫއުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހަންކެޑެ ތަރައްގީ ކުރަން, ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށްފައެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަންކެޑެ މަޝްރޫއު އެ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފަ އެވެ.

އެހެން ނަމަވެސް އެ ސަރުކާރު ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވެއެވެ.

އޭގެ ފަހުން މި ސަރުކާރުން، މީގެ ތިން މަސް ކުރިން ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދުގެ ގޮތުގައި، ހަންކެޑެ ހިމެނޭކަމަށް އިއުލާނުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް