ads
ޑރ. އާއިޝަތު ރަމީލާ
އެޗްއާރުސީއެމްގެ މެންބަރު ކަމަށް ރަމީލާގެ ނަން މަޖިލީހަށް ފޮނުއްވައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
Advertisement

އެޗްއާރުސީއެމްއަށް މެންބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ މެންބަރު މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ގައި ހަމަވާތީ އެވެ.

މުނާގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން އިއުލާނުކުރުމުން އެ ކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރަމީލާގެ ނަން ދިރާސާކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފަ އެވެ. 

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު ކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ވެސް ހާސިލުކުރައްވައިފަ އެވެ.

އެގްރިކަލްޗާ މިނިސްޓަރުކަމުން އޭނާ އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު މަހެވެ. އޭނާ އެގްރިކަލްޗާ މިނިސްޓަރު މިނިސްޓަރުކަމުން އިސްތިއުފާދެއްވީ ސިއްހީ ސަބަބުތަކަކާ ހެދި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް