ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ގައުމީ ފަތުރުވެރިކަމުގެ ދުވަސް: ރައީސް އިލްތިމާސް ކުރެއްވީ އާދަކާދަ ހިޔާމަތްކުރަން
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހީންގެ ރީތި އާދަކާދަ ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
Advertisement

އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވީ 1972 ގަ އެވެ. އަދި މިހާރު ރާއްޖެ ހިމެނެނީ އެ ދާއިރާ އިން ދުނިޔޭގެ އެންމެ މަޝްހޫރު އެއް މަންޒިލުގެ ތެރޭގަ އެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކާއި ސަފާރީތައް އޮޕަރޭޓް ކުރަމުން އަންނަ އިރު، ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް އަބަދު ވެސް ކުރެވެ އެވެ. 

ރައީސްގެ ޕޯސްޓްގައި ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ރާއްޖޭގެ ރީތިކަމާއި އަމާންކަމާއި ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

"ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްގީކުރުމުގައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ޤގައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިޔަަށް ދިޔުމަށް މި ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ޕޯސްޓްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.



ރައީސްގެ ޕޯސްޓްގައި ވަނީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ މި ސިނާޢަތުގެ އެހާރާއި މިހާރުގެ ހިދުމަތްތެރީންނަށް ޝުކުރު އަދާކުރައްވާފަ އެވެ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ 1،254 ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 65،143 އެވެ.

މީގެ ތެރޭގައި 174 ރިސޯޓުގައި ހުރި 43،247 އެނދާއި، 903 ގެސްޓުހައުސްގައި ހުރި 15،494 އެނދާއި، 161 ސަފާރީގައި ހުރި 3،918 އެނދުގެ އިތުރުން 16 ހޮޓެލްގައި ހުރި 2،484 އެނދު ހިމެނެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ބޭނުންކުރަމުންނެވެ. އޭރު ހުރި އެނދުގެ އަދަދަކީ 63،248 އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.59 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މީގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް