ads
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް
ގާސިމްގެ ވިދާޅުވުމެއް؛ މުޒާހަރާ ކުރަން އުޅެނީ ވެރިކަން ހޯދަން, ބައިވެރި ނުވާތި
މިހާރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މިރޭ އިދިކޮޅު އެމްޑީޕީން "ލޫޓްވައި، ލޫޓްވައިފި" ގެ ނަމުގައި ބާއްވާ އެއްވުމަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށާއި އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މި ދަރަނިތައް ނުދެއްކިއްޖެ ނަމަ މުޅި ގައުމު ބެންކުރަޕްޓް ވާނެ. ވީމާ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އެގެންދަވަނީ. މުސާރަތައް ވެސް އެ ދެއްވަނީ އެ ގޮތްމިގޮތް ހަދައިގެން," ގާސިމް ވިދާޅުވި އެވެ.


ގާސިމް އިތުރަށް ވިދާޅުވިގޮތުގައި ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިޔާނާތްތައް ހިންގާފައިވާ ކަމަށެވެ. އެކަންކަން އިސްލާހު ކުރަން އެ ސަރުކާރުތަކުން އެއްކަމެއް ވެސް ނުކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި މި ސަރުކާރުގައި އެފަދަ ކަންކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާ ދޭތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވާތަން ފެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ވީމާ މި މުޒާހަރާއިން ނުކުންނާނެ ނަތީޖާއަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިނދަ ޖައްސާލުން ނޫންބާ؟" ގާސިމް ވިދާޅުވި އެވެ.

ސަރުކާރު ދިފާއު ކުރައްވާ ސޯޝަލް މީޑިއާގައި ގާސިމް ދިގު ޕޯސްޓެއް ކުރެއްވި އިރު، ގާސިމްގެ ވިލާ ކުންފުނިން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނަގައި ބަދަލެއްގެ ގޮތުގައި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ދޭން ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް