ads
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެމްޑީޕީގެ އިސް ލީޑަޝިޕްގެ ބޭފުޅުން - ފޮޓޯ: އެމްޑީޕީ
ސަރުކާރަށް ދެ އަހަރު ފުރޭ ދުވަހާ ދިމާކޮށް އެމްޑީޕީ އަލުން މުޒާހަރާއަށް!
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްވި ފަސް ޑިމާންޑާ އެއްގޮތަށް ކަންކަން ރަނގަޅުނުކުރާ ނަމަ، ސަރުކާރަށް ދެ އަހަރު ފުރޭ ދުވަސް ކަމަށްވާ އަންނަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާ ދިމާކޮށް ބޮޑު އެއްވުމެއް ބާއްވަން، އެ ޕާޓީން ފާސްކޮށްފި އެވެ.
Advertisement

"ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ރޭ އެމްޑީޕީން ބޭއްވި އެއްވުމުގައި ސަރުކާރަށް ޑިމާންޑްތަކެއް ކޮށްފައިވާއިރު، އެ އެއްވުމަކީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ދިން "އިންޒާރެއް" ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ހުރަސްއެޅިއިރު، އެކަމާ ކުށްވެރިކޮށް މިރޭ ބޭއްވި ގައުމީ މަޖިލީހަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރުގައި ގޮވާލާފައިވަނީ ރޭގެ މުޒާހަރާއިން ހައްޔަރުކުރި 15 މީހުން ދޫކޮށްލުމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ އަސާސީ ހައްގުތައް ދިފާއުކުރަން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލުމަށާއި ރޭގެ މުޒާހަރާގައި ކުރި ޑިމާންޑްތަކަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ، އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބޮޑު މުޒާހަރާއެއް ކުރަން އިގުރާރުވުމަށް ވެސް ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ. ގައުމީ މަޖިލިހަށް ވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ގަރާރު ފާސްކޮށްފަ އެވެ.

ރޭ މަގުތަކަށް ނުކުތުމުގެ ކުރިން، މުޒާހަރާގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މުޒާހަރާގެ ބައިވެރިންގެ ފަރާތުން ސަރުކާރަށް ކުރާ ޑިމާންޑްތައް އިއްވެވި އެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ބަނދެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު، މާދަމާ ޖަލްސާއެއް ބާއްވާފައި އުވާލުމަށް
  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވާލައި، އެ ކުންފުނިތަކުން ދިވެހި ވިޔަފާރިތަކަށް ދަރާފައިވާ ފައިސާ ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް
  • ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް އުވާލުމަށް އަދި ރަށްރަށުގެ ބާރުވެރިކަން ނައްތާލުން ހުއްޓުވާލުމަށް
  • ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، މީޑިއާތައް ސަރުކާރަށް ކޮންޓްރޯލްކުރެވޭ ގޮތަށް ހެދި ގާނޫނު އުވާލުމަށް
  • ރައްކާތެރި ބޭސްތަކާއި އާސަންދަގެ ހިދުމަތް އެއްވެސް ދަތިކަމެއް ނެތި، މި ސަރުކާރު އައުމުގެ ކުރިން ލިބެމުން ދިޔަ ގޮތަށް ދޭން ފެށުމަށް

އެ ޑިމާންޑުތައް ހުށަހަޅުއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ވިދާޅުވީ، ރައްޔިތުން ރޭ އެއްވީ ސަރުކާރާ މެދު ހިތްހަމަނުޖެހި ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާފަ އެވެ. މުޒާހަރާ ނިންމާލަންދެން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް