މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ހުސެއިން މުނައްވަރު ޑައިރެކްޓުކޮށް ނެރުނު ވަރަށް އަސަރު ގަދަ ފިލްމެކެވެ.
ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަ ލިޔުމުގެ ގައުމީ މުބާރާތުން ހޮވި އެންމެ މޮޅު ވާހަކަ، "ޔުކްތާ"ގެ މައްޗަށް ތައްޔާރުކުރާ މި ފިލްމަކީ ޅަފުރައިގެ އަންހެން ކުއްޖަކަށް ކުރާ ގެވެށި އަނިޔާއާއި އަދި ޖިންސީގޮތުން ކުރާ ނޭދެވޭ އަމަލުތަކުގެ މައްޗައް އުފެއްދި އިބްރަތްތެރި ފިލްމެކެވެ.
ކަނބޮލޮ ފިލްމުން ފެނިގެންދާ ތަރިންގެތެރޭގައި، އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު އަދި މަރިޔަމް ޝަކީލާ ހިމެނެ އެވެ.
މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ. ފިލްމުގެ ޕްރޮޑިސަރަކީ ކަމަނަ ފިލްމުގެ އެއް ޕްރޮޑިއުސާ އަލީ ޝާނިޒް މުހައްމަދެވެ.
އެ ފިލްމު އުފެއްދި ސެޓާން ސްޓޫޑިއޯ އިން ބުނީ ހުޅުމާލޭގެ ޝްވެކް ސިނަމާގައި ފިލްމުގެ ޝޯތައް ކުރިއަށް ދާނީ މި މަހުގެ 9-16 އަށް ކަމަށެވެ. އެހެންވެ އެ ޝޯތަކުގެ ޓިކެޓް މިހާރު އޮތީ ހުޅުވާލައިފަ އެވެ.
އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ އޮލިމްޕަހުގައި ޕްރީމިއާކުރި "ކަނބޮލު" ގެ ޝޯތައް އެ ސިނަމާގައި ނިންމައިލީ މިދިޔަ މަހުގެ 30 ގަ އެވެ. އެގޮތުން ޖުމްލަ 54 ޝޯ ދައްކާފައިވާ އިރު، އޭގެ ތެރެއިން 52 ޝޯ ހައުސްފުލް ކަމަށް ފިލްމުގެ ޓީމުން ބުނެފައިވެ އެވެ.