ads
އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަންނާ އަދި ވިޖޭ ދެވަރަކޮންދާ-
ރަޝްމިކާ އާއި ވިޖޭގެ ކައިވެނި އަންނަ އަހަރު ފެބްރުއަރީ މަހު!
މީގެ ކުރިން ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު އަރާފައިވާ އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންދާއާއި ރަޝްމިކާ މަންދަނާ އެންގޭޖްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
Advertisement

ހިންދުސްތާން ޓައިމްސްގައި ބުނީ ވިޖޭ އާއި ރަޝްމިކާ ކައިވެނިކުރަނީ އަންނަ އަހަރު ފެބްރުއަރީ މަހުގައި ކަމަށެވެ. އަދި އެ ދެމީހުން މިހާރު އެންގޭޖުވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.

ރަޝްމިކާ އާއި ވިޖޭ އަކީ އިންޑިއާގެ ތެލެގޫ ފިލްމުތަކުން މަޝްހޫރުވި ތަރިންނެވެ. ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކަކީ 2018 ގެ "ގީތާ ގޯވިންދަމް" އާއި 2019 ގެ "ޑިއާ ކޮމްރޭޑް" އެވެ. ދާދި ފަހުން މީޑިއާތަކުން ބުނީ އެ މީހުން އެކީގައި ތިން ވަނަ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. 

ވިޖޭ އާއި ރަޝްމިކާ ވަނީ އެކުގައި ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އަދި އެ ދެ ތަރިން ވަނީ ބޮލީވުޑް ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ ވިޖޭ އުޅުނު "ލައިގާ" އާއި ރަޝްމިކާ އުޅުނު "އެނިމަލް" އެވެ. މި އަހަރު ނުކުތް ބޮލީވުޑްގެ ފިލްމު "ޗާވާ"ގައި ވެސް ރަޝްމިކާ ރޯލެއް ކުޅުނެވެ.

ރަޝްމިކާއާއި ވިޖޭ އެކީގައި އެކި ގައުމުތަކަށް ޗުއްޓީ ދަތުރުތަކަށް ގޮސް އުޅޭކަން މީޑިއާތަކުން ހާމަކޮށްފައިވާއިރު ދެ ތަރިން ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފަ އެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް ދެ ތަރިންގެ ގުޅުމާ ބެހޭގޮތުން ރަސްމީކޮށް ދެ މީހުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އެންގޭޖްވިކަން ރަޝްމިކާ، 29، އާއި ވިޖޭ، 36، ވެސް އަދި ޔަގީންކޮށެއް ނުދެ އެވެ. 

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ދެ ތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ އާއި މާ ލަސްތަކެއް ނުވެ ކައިވެނި ކުރާނެކަމުގެ ވާހަކަތަކެއް އިންޑިއާގެ ނޫސްތަކުގައި ލިޔާތާ ލައްކަ ދުވަސް ވެއްޖެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް