ads
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ފެންފުއްޓަށް ވަޑައިގަތުމުން ގާސިމް މަރުހަބާ ދަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
ގާސިމްގެ ތައުރީފް ރައީސަށް: ތީ މިހާތަނަށް ދުށް އެންމެ އިހުލާސްތެރި ވެރިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ މިހާތަނަށް ދުށް އެންމެ އިހުލާސްތެރި ވެރިޔާ ކަމަށާއި އެމަނިކުފާނު ފިޔަވާ އިހުލާސްތެރި ނިޔަތަކާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެހެން ވެރިޔަކު ފެނިފައި ނުވާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ, ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

އދ. އަތޮޅަށް ރައީސް ފައްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅު ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވަނީ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތައުރީފްކުރައްވާ ވާހަކަފުޅު ދައްކަަވާފަ އެވެ.

ގާސިމް ވިދާޅުވީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ރައީސް މުއިއްޒު ހަވާލުވުމާ ހަމައަށް ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު ތަރައްގީގެ މިހާ ގިނަ މަޝްރޫއުތައް ހިންގާފައި ނުވާ ކަމަށެވެ.

މި ސަރުކާރު އައި ފަހުން ރައީސް މުއިއްޒުގެ ކުރިމަތިފުޅުގައި ހުރެ ވާހަކަ ދައްކަވަން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ތަރައްގީގެ ގިނަ މަޝްރޫއުތައް އޭނާ ވެސް ހިންގެވި ކަމަށެވެ.

"ދޮށީ މީހެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ކަންކަން ކޮށްދިން މީހެއްގެ ހައިސިއްޔަތުން، އެފަދަ މަސައްކަތްތައް ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން، 2008 ވަނަ އަހަރު ގާނޫނުއަސާސީ ބަދަލުވި ފަހުން ރައީސް [މުއިއްޒު] ވެރިކަމާ ހަވާލުވުމާ ހަމައަށް އަޅުގަނޑު ނުދެކެން މިހާރު މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާއި އަޒުމާއެކީ ކުރިއަށް އިހުލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތް ކުރައްވަމުން ގެންދިޔަ އެއްވެސް ވެރިކަމެއް،" ގާސިމް ވިދާޅުވި އެވެ.

ރާއްޖެ މިއަދު މިދެކޭ ތަރައްގީ ގެނައުމުގައި އުފުލާފައިވާ ބުރައަކީ ވަރަށް ދިގުކޮށް ދެއްކިދާނެ ވާހަކަތަކެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މި ގައުމުގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަ ގުރުބާނީތަކެއް ވަމުންދިޔަ އަދި މިހާތަނަށް ވެސް ވަމުންދާ މީހެއް. އަދި ގޮސްފައިވާ މީހެއް." ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ގާސިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ރަށްރަށައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް އަލިއަޅުވާލައްވަމުން ގާސިމް ވިދާޅުވީ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވެސް ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ފާހަގަކުރާ ކަންކަމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ބޭފުޅުން މެދުވެރިކޮށް ހައްލުހޯއްދެވުމަށް ރައީސް މަސައްކަތްކުރައްވާކަމަށެވެ. އެއީ ކުރިން ފެނިވަޑައިގަންނަވާ މަންޒަރެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް