ads
ތަގުރީރުގެ ތެރެއިން
ޓެކްނޮލޮޖީގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއް ދިމާވޭ: ސީޕީ ނަވީން
ޓެކްނޮލޮޖީގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކެއް އެބަހުރި ކަމަށް ކޮމިސަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
Advertisement

ނަވީން މިހެން ވިދާޅުވެފައިވަނީ ދޯހާގައި ބޭއްވި 2 ވަނަ ސައިންޓިފިކް ސިމްޕޯޒިއަމްގައި ވާހަކަދައްކަވަމުން ނެވެ.

މިދިޔަ މަހު ސެޕްޓެންބަރު 28 އިން 30 އަށް އިންޓަރޕޯލް، ނާއިފް އަރަބް ޔުނިވަރސިޓީ ފޯ ސެކިޔުރިޓީ ސައިންސަސް އަދި ގަތަރު ޕޮލިސް އެކެޑަމީ ގުޅިގެން ބޭއްވުނު "ސައިންޓިފިކް ސިމްޕޯޒިއަމް - ވިމެންސް ޓްރޭނިންގ އެންޑް ޑެވެލޮޕްމެންޓް ސްޓްރެޓެޖީސް ފޯ އެންހޭންސިންގ ސެކިޔުރިޓީ ޕާފޯމެންސް" ގައި ގާނޫނާ ހިލާފު އުކުޅުތައް ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ދެނެގަތުމުގައި ފުލުހުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ނަވީން ވަނީ ވާހަކަ ދައްކަވާފަ އެވެ. 

"ޖިއޮގްރަފީގެ ގޮތުންނާއި އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ގޮންޖެހުންތަކެއްވޭ. ގޮންޖެހުންތަކުން އަރައިގަތުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުން މުހިންމު" ނަވީން ވިދާޅުވެފައި ވެއެވެ.

ސެކިޔުރިޓީއާ ގުޅުންހުރި ކަންކަމުގައި އިންޓަރޕޯލްއިން ރާއްޖޭގައި ގާއިމުކޮށްދީފައިވާ ވަސީލަތްތަކުގެ އެހީގައި ރާއްޖެއިން ކުރާ މަސައްކަތްތަކުގެ ތަފްސީލުދެއްވައި، ޓްރާންސްނޭޝަނަލް ކުށްތަށް ހުއްޓުވުމަށް ގައުމުތަކުގެ ގާނުނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ގާތްގުޅުމެއް ބޭއްވުމުގެ މުހިންމުކަން ނަވީން ވަނީ ފާހަގަކުރައްވާފަ އެވެ 

މި ސިމްޕޯޒިއަމްގެ ތެރެއިން ނަވީން ވަނީ ގަތަރު ޕޮލިސް އެކަޑަމީގެ އިސްވެރިނާ ބައްދަލުކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ފުޅާކުރުމަށް ދެ ގައުމުގެ ޕޮލިސް އެކެޑެމީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. 

އެގޮތުން، ކޮމްޕްލެކްސް އިންވެސްޓިގޭޝަންގެ ދާއިރާތަކާއި، ފުލުހުންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސީނިއަރ އޮފިސަރުން ތަމްރީނުކުރުމަށް ގަތަރު ޕޮލިސް އެކަޑަމީގައި ހުރި ފުރުސަތުތައް ދިވެހި ފުލުހުންނަށް ހޯދައިދިނުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވިއެވެ. 

ނަވީންގެ މި ދަތުރުފުޅަކީ މި ސިމްޕޯޒިއަމްގައި ތަގުރީރު ކުރެއްވުމަށް އިންޓަރޕޯލްގެ ފަރާތުން ދެއްވެވި ދައުވަތަކަށް ކުރެއްވެވި ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް