ads
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އޭނާ ވިދާޅުވީ ރީއެމްޕްލޯއިމަންޓް ބިލުން ދޮށީ އުމުރުގެ މީހުންނަށް ތަސައްލީއެއް ލިބޭނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރީއެމްޕްލޯއިމަންޓް ބިލުން ދޮށީ އުމުރުގެ މީހުންނަށް ތަސައްލީއެއް ލިބޭނެ: ޒަމީރު
ރީއެމްޕްލޯއިމަންޓް ބިލުން ދޮށީ އުމުރުގެ މީހުންނަށް ތަސައްލީއެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހުށަހެޅުއްވި ރީއެމްޕްލޯއިމަންޓް ބިލަށް ބަހުސްކުރައްވަމުން ޒަމީރު ވިދާޅުވީ، މިހާރު ސަރުކާރުގައި ތިއްބެވި ދޮށީ އުމުރުގެ ބޭފުޅުންނަކީ އެ ބޭފުޅުންގެ ޅަ އުމުރު ފުޅައިންސުރެން ފަށައިގެން ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ އޮފީހެއްގައި ވަޒީފާ އަދާކުރަމުން ގޮސް 65 ވެފައި ތިބި މީހުން ކަމަށެވެ.

އެގޮތުން އެމީހުންނަނީ މިއަދު ސަރުކާރަށް އެމީހުންގެ ހުނަރާއި އެމީހުންގެ ތައުލީމާއި ތަޖުރިބާއިން އިތުރުން ސަރުކާރަށް އެ މީހުން މުހިންމުވާ ފަދައިން އެ ކުންފުނި ނުވަތަ އެ އޮފީސް ހަކީ އާއިލީ ނުވަތަ ގެދޮރުކަމުގައި ކުލު ވަރަށް ބޮޑަށް އެތަނަކަށް ޖެހިފައިވާ ބައެއް ކަމަށެވެ. 

"އުމުރުން ދުވަސްވީ ދޮށީ އުމުރުގެ މީހުންނަނީ ޅަ އުމުރުން ފެށިގެން އެ އޮފީހެއްގައި އެ ކުންފުންޏެއްގައި މަސައްކަތް ކޮށްފައި ތިބި ބޭފުޅުން، އެހެން ވީމާ މިއަދު އެ ބޭފުޅުންނަށް 65 އަހަރުވީމާ ބޭނުމެއް ނޫނޭ ކިޔާފަ ފޮނުވާލީމާ މިހާތަނަށް އޭގެ ތެރެއިން ގިނަ ބޭފުޅުން ވަނީ ގޭގައި ތިބެ ކުރާނެ މަސައްކަތެއް ނެތި އެ ބޭފުޅުން ބާކީވި ކަމަށް ހީީވެ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށި ވެފައި، އެބޭފުޅުންގެ އުމުރު ކުރުވާކަން އެމީހުންނަށް ފާހަގަ ކުރެވިފައި، އެ ބޭފުޅުންނަކީ ބަލި ނުކުޅެދޭ ބައެއް ކަމަށް އެބޭފުޅުން ދެނެ ގަނެވިފަ، އެހެން ވީމަ ގިނަ ބޭފުޅުންނަކީ އެކަމުގައި ވަރަށް ހިތާމަ ކުރައްވާ ބޭފުޅުން،" ޒަމީރު ވިދާޅުވި އެވެ.

ޒަމިރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދޮށީ އުމުރުގެ މީހުން ވެސް ބާކީނުވާނެ ގޮތް ހެދުން ކަމަށާއި އެ މަސައްކަތް ކުރުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުން ދެކެ ލޯބިވާ ވައުދުވާ ވައުދު ފުއްދާ ބޭފުޅެއް ކަން މި ބިލުން ވެސް ހާމަވާ ކަމަށެވެ.

ރާއްޖޭގައި މިހާރު އޮންނަ ރިޓަޔަމަންޓު އުމުރަކީ 65 އަހަރެވެ. އެއަށްފަހު ދައުލަތުން، ވަޒީފާއެއް އަދާކުރިޔަސް ނުކުރިޔަސް، ކޮންމެ މީހަކަށް 5،000ރ. ގެ އެލަވަންސެއް ލިބެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ރި އެމްޕްލޯއިމަންޓު ބިލު ގާނޫނަކަށް ވުމުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރަމުން ދަނިކޮށް އުމުރުން 65 އަހަރު ފުރޭ މީހުންނަށް އެމީހުންގެ އުމުރުން 75 އަހަރު ފުރުމާ ހަމައަށް ދައުލަތުގެ އިދާރާތަކުގައި އަލުން ވަޒީފާ އަދާކުރެވޭނެ އެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ އުސޫލުން ވަޒީފާ ދެވޭނީ:

  • ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ މީހުންގެ ތެރެއިން އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގައި އެމީހަކު އެ އަދާކުރަމުންދާ ވަޒީފާގައި ދެމިހުންނަން ބޭނުންވާ މީހުން
  • ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ މީހުންގެ ތެރެއިން އެ ބިލު ގާނޫނަކަށްވުމުގެ ހަތް އަހަރު ކުރިން 65 އަހަރު ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ މީހުން

އޭގެ ތެރެއިން ދައުލަތުގެ ވަޒީފާ މިހާރު އަދާކުރަމުންދާ މީހުން، ރީއެމްޕްލޯއީމެންޓް އުސޫލުގެ ދަށުން ވަޒީފާ އަދާކުރަން ބޭނުންނަމަ އެ މީހެއްގެ އުމުރުން 65 އަހަރު ފުރުމުގެ ހަ މަސްދުވަސް ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ.

ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ މީހުންގެ ތެރެއިން އެ ބިލު ގާނޫނަކަށްވުމުގެ ހަތް އަހަރު ކުރިން 65 އަހަރު ފުރުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ މީހަކު ނަމަ މި ބިލު ގާނޫނަކަށްވާތާ ހަތަރު މަސް ދުވަސް ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް