ބޭނުންވާތަކެތި:
- 2 ބިސް
- 1 ސައިސަމުސާ ވެނީލާ އެސެންސް
- 1 މޭޒުމަތީ ސަމުސާ ބަޓަރު
- 5 މޭޒުމަތީ ސަމުސާ ގެރިކިރު
ހަދާނެގޮތް:
އެންމެ ފުރަތަމަ ބިހާއި ގެރިކިރާއި ވެނީލާ އެސެންސް ބޯތަށްޓަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ތަވައެއް އުދައި އޭގައި ބަޓަރު ކޮޅެއް ނުވަތަ ތެޔޮކޮޅެއް އުނގުޅާލުމަށް ފަހު މެދު މިނެއްގައި ގިނި ބަހައްޓާށެވެ.
އޭގެ ފަހުން ތަވާ ހޫނުވުމުން، އެއްކުރި އެތީގެ ¼ ޖޯޑެއް ހާ އެތިކޮޅެއް ތަވައަށް އަޅާލާށެވެ .ބޭނުންނަމަ ސަމުސަލެއްގެ އަނެއް ފުށް ބޭނުންކޮށްގެން އެ ފަތުރާވެސް ލެވިދާނެ އެވެ. ފޮޅި ފަސޭހައިން ތަވައިން ނައްޓާލެވޭ ވަރަށް ފިހެވުމުން ދޭފަތެއް ބޭނުންކޮށްގެން ނަގާށެވެ. ނަގަމުން ފޮޅިއޮޅާ ލެވިދާނެއެވެ. ނޫންނަމަ ނެގުމަށް ފަހު ވެސް އޮޅާލެވިދާނެ އެވެ.