މި ޔަގީންކަން ރައީސް ދެއްވީ، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މަންދޫއަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ބަނދަރާއި ޖެޓީ ތަރައްގީކޮށްދެއްވުން ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްތަކެއްނުވެ ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
އދ. އަތޮޅުގެ މީހުން ދިރިއުޅޭ އެހެން ރަށްރަށާ އަޅާބަލާއިރު ކުޑަ ތަންކޮޅެއް ދުރުގައި އޮންނަ މަންދޫއަކީ އާބާދީގައި 500 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވާ ބަނދަރުގެ މައްސަލައަށް ހައްލެއް ލިބި، ރަނގަޅު ފެންވަރުގެ ޖެޓީއެއް ގާއިމުކުރުމަކީ ރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ހަރަކާތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް މަންދޫގެ ރައްޔިތުން ގަބޫލުކުރެ އެވެ.