ads
އައިޝަތު ޝިމަން އަހުމަދު: ފޮޓޯ ދަ ޑިމޮކްރެޓްސް އެކްސް
އެމްޑީޕީގެ އިތުރު އެކްޓިވިސްޓެއްގެ ފޯނު ހިފަހައްޓައިފި
ރައީސް ޑރ. މުޙައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ރޭ ފުލުހުން ހިފައްޓައިފި އެވެ.
Advertisement

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޝިމަންގެ ފޯނު ހިފެހެއްޓީ މިދިޔަ މަހުގެ 20 ދުވަހުގެ މެންދުރު 14:30 ހާއިރު އެކްސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސައާ ގުޅިގެންނެވެ. އޭނާގެ ފޯނު ހިފަހައްޓަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދަން ކަމަށް އަމުރުގައިވެ އެވެ.

އެ މައްސަލައިގެ ހެކީގެ ގޮތުގައި ފުލުހުން ކޯޓަށް ހުށަހެޅީ އިންޓެލިޖެންސް ރިޕޯޓަކާއި ޝިމަންގެ އެކައުންޓުން ކޮށްފައިވާ ކޮމެންޓެވެ.

ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސްވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް ކްރިމިނަލް ކޯޓުން ވަނީ ޝިމަންއަށް އަމުރުކޮށްފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ވެސް ހިފައްޓާފައެވެ. އޭނާގެ ފޯނު ހިފެއްޓީ، ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކަމަށް އަމުރުގައިވެ އެވެ.

އެހެންވެ، އެމްޑީޕީގެ ގިނަ ބަޔަކު އަންނަނީ އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް