ads
'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ބައެއް ޓަވަރުތައް
ގެދޮރުވެރިޔާ ސްކީމުން ލިބުނު ފްލެޓް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާންކޮށްފި
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފްލެޓްތައް ލިބުނު މީހުންނަށް ހަވާލުކުރަން ފެށުމާ އެކު ބޮޑު އަގުގައި އެތަންތަން ކުއްޔަށް ދޭން އައިބޭގައި އިޝްތިހާރު ޖަހަން ފަށއިފި އެވެ.
Advertisement

ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ މަހުގެ 28 ގަ އެވެ. ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފެށިގެން ފްލެޓް ލިބުނު މީހުންނަށެވެ.

އެ ފްލެޓްތަކުގެ ބައެއް އެޕާޓްމަންޓްތައް ލިބުނު ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށް ލިބުނު ތަން ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގެ ބައެއް ޕޭޖްތަކުގައި އިސްތިހާރު ޖަހާފަ އެވެ. 

އެ ފަދަ ބައެއް އިޝްތިހާރުތަކަށް ބަލާއިރު، ދެ ކޮޓަރި ނުވަތަ ތިން ކޮޓަރީގެ އެޕާޓްމެންޓެއް ދޫކުރަނީ 25،000 ރުފިޔާ އަށެވެ. އެއީ އެ ތަންތަނުގެ އަސްލު ވެރިން ސަރުކާރަށް ދައްކަން ޖެހޭ ކުލީގެ އެތައް ތަނެއް އިތުރު އަދަދެކެވެ.

ތިން ކޮޓަރީގެ ފްލެޓެއް 25،000 ރުފިޔާ އަށް ކުއްޔަށް ދޭން އިއުލާންކުރި އިރު އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ. އެހެންކަމުން އިއުލާންކޮށްފައި މިވަނީ ކުއްޔަށް ވުރެ 13،500ރ. ބޮޑުކޮށް ދޫކުރުމަށެވެ.

އަދި ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.

މީގެ ކުރިން، ސަރުކާރުން ދޫކުރި ގިނަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ވެސް ފްލެޓް ލިބުނު މީހުންގެ ތެރެއިން އެތައް ބަޔަކު އެތަންތަން ކުއްޔަށް ދިނީ އެވެ. ހުޅުމާލޭ ފޭސް-1 އަދި 2 އަކުން ލިބުނު ފްލެޓްތަކުގެ ތެރެެއިން ބައެއް ތަންތަނުގައި ދިރިއުޅެނީ ވެރިންނެއް ނޫނެވެ.

ނަމަވެސް މިކަމަށް އެޅުނު ފިޔަވަޅެއް ނެތެވެ. ނަތީޖާ އަކީ އިންތިހާއަށް ބޯހިޔާ ވަހި ކަމެއް ބޭނުންވެ ސަރުކާރުން ހޯދި "ފްލެޓް" އެހެން ބަޔަކަށް ބޮޑު ކުލީގައި ކުށްޔަށް ދީގެން އާމްދަނީ ހޯދުމެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް