ads
އަންނައުނު ދޮވުން
އާންމުކޮށްލާ އަންނައުގައި ވިހަ ކެމިކަލްތަކެއް
ފެހުމުގެ ސިނާއަތުން އުފައްދާ ގިނަ އަންނައުނުގައި ހޯމޯންތަކަށާއި ދިފާއީ ނިޒާމަށް ނުރައްކާތެރި ވިހަ ކެމިކަލެއް ކަމަށްވާ ޕީއެފްއޭއެސް ހިމެނޭކަން ދިރާސާތަކުން ދައްކައިފިއެވެ.
Advertisement

ދެކުނު އޭޝިއާގެ ގައުމުތަކުގައި ކުރި ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި، މި ކެމިކަލްތަކުގެ ސަބަބުން ދިގު މުއްދަތެއްގައި ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ.

އައިޕެން އާއި އެކި ޔުނިވާސިޓީތަކުން ގުޅިގެން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، މި ކެމިކަލް އެންމެ ގިނައިން ފެންނަނީ ފެން ނުހިފާގޮތަށް ހަދާފައި ހުންނަ އޮފް ފޮތީގެއަންނައުނުންނެވެ. ބަންގްލަދޭޝް، އިންޑިއާ އަދި ސްރީ ލަންކާ ފަދަ ގައުމުތަކުގެ އަންނައުނު ފެކްޓަރީތަކުން ބޭރުކުރާ ފެނުގައި މި ވިހަ މާއްދާތައް ގިނަ އަދަދަކަށް ހުރިކަން ވަނީ ހާމަވެފައެވެ.

މިފަދަ ކެމިކަލްތަކަކީ ތިމާވެށީގެ ތެރޭގައި ގިނަ ދުވަހު ނެތިނުގޮސް ހުންނަ މާއްދާތަކެކެވެ. އެހެންކަމުން، ފެކްޓަރީތައް ކައިރީގައި ދިރިއުޅޭ މީހުންނަށާއި، ފެކްޓަރީތަކުގެ މުވައްޒަފުންނަށް މި ކެމިކަލްތަކުގެ ނުރައްކާ ބޮޑުވެއެވެ. 

ތިމާވެއްޓާއި އާންމު ސިއްހަތު ދިފާއުކުރާ ފަރާތްތަކުން މިހާރު ދަނީ، މިފަދަ ނުރައްކާތެރި ކެމިކަލްތައް ބޭނުންކުރުން ހުއްޓާލުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ. އެމީހުން ބުނާ ގޮތުގައި، ލާ އަންނައުނަކީ އެ އުފައްދާ މީހުންގެ ސިއްހަތަށް ނުވަތަ ކަނޑުތަކަށް ގެއްލުންދޭ އެއްޗަކަށް ވެގެން ނުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް