ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
ތ. ވަންދޫއަށް ޑްރަގްްސް އެތެރެ ކުރަން އުޅުން ޕޮލިސް މީހާ ސަސްޕެންޑް ކޮށްފި
ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕޮލިސް ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުހައްމަދު ނަވާޒް (25އ) ކަމުގައި އެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިން ކަމަށެެވެ. 

މިމައްސަލައާ ގުޅިގެން މުހައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާއަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނަވާޒް އަކީ ފުލުހެއް ކަމަށާއި  މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު  ނަވާޒްވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައިކަމުގަ އެވެ. 

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް