ads
ހިލާރިއާ ބޯލްޑްވިން
ޑާންސިން ވިތް ދަ ސްޓާޒް އިން ކެޓީ އޮންލައިން ބުލީންގެ ސަބަބުން: ހިލާރިއާ ބޯލްޑްވިން
އޭބީސީގެ މަޝްހޫރު ނެށުމުގެ މުބާރާތް "ޑާންސިން ވިތު ދަ ސްޓާޒް" އިން އޭނާ ކެޓީ އޮންލައިންކޮށް ކުރިމަތިވި ބުލީންގެ ސަބަބުން ކަމަށް އެކްޓްރެސް ހިލާރިއާ ބޯލްޑްވިން ބުނެފިއެވެ.
Advertisement

އޭނާ ބުނީ ޝޯވްއިން އޭނާ ބޭރުކޮށްލީ ސީދާ އޭނާއަށް އަމާޒުވި ނެގެޓިވް ފާޑުކިޔުންތަކުގެ ސަބަބުން ކަމަށެވެ.

ހިލާރިއާ ބުނި ގޮތުގައި، އޭނާ އެ ޝޯވްގައި ބައިވެރިވާކަން އިއުލާން ކުރި ހިސާބުން ފެށިގެން އޮންލައިންކޮށް އޭނާއަށް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އޭނާ ސިފަކުރި ގޮތުގައި އޭނާ ޝޯވްއިން ވަކިކޮށްލީ "ބުލީކޮށްގެން" ކަމަށާއި، މިއީ އޭނާގެ ނެށުމުގެ ހުނަރަށް ބަލައި ނިންމި ނިންމުމެއް ނޫން ކަމަށްވެސް ބުންޏެވެ.

މި މުބާރާތުން އޭނާ ކެޓީ އޭނާގެ ޕާފޯމަންސަށް ވުރެ ބޮޑަށް، އޭނާއަށް އަމާޒުވި އޮންލައިން ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް އޭނާ ވަނީ ސީދާ ބުނެފައެވެ. އެހެންކަމުން، އޭނާ މުބާރާތުން ވަކިވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އޮންލައިންކޮށް ފާޑުކިޔާ ފަރާތްތަކުން ކަމަށް އޭނާ ދެކެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް