ރަޖިސްޓްރީ ފީ ނުދައްކައިގެން މައްސަލަ ބޭރުކޮށްލީ މިއަދު، ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާއެވެ. މިއީ 72 ކިލޯގެ ޑްރަގް "މަސްޖަރީ 2" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް ފަހު، "ޕްރިންސަސް ސަމީރާ" ލޯންޗުގައި މާލެ ގެނެސް ކާރެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް ކޭސްއެވެ. މި މައްސަލައިގައި ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ.
ހައިކޯޓުން މި މައްސަލަ ބޭރުކޮށްލަމުން އެ ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ބަޔާންކުރައްވާފައި ވަނީ، ރަޖިސްޓްރޭޝަން ފީ ދައްކަން މި މަހުގެ 5 ގައި އެންގި ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އެ ފީ ނުދައްކާ ކަމަށެވެ.
އެކަމަކު އެ ފަދަ ލިޔެކިޔުންތައް ފޮނުވަން ކަނޑައެޅިފައިވާ އީމެއިލްއަށް އެ މައްސަލައިގައި ހައިކޯޓުގެ ލިޔުމެއް ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ. އަދި ޕީޖީ އޮފީހުން ވަނީ މި ނިންމުން މުރާޖާކުރަން ހުށަހަޅަން ނިންމާފަ އެވެ.