އިމިގްރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު މުޅި ޖުމްލަ 3،884 ޕާސްޕޯޓް ދޫކޮށްފައިވާއިރު 3،897 އެޕްލިކޭޝަން ޕްރޮސެސްކޮށްފައިވެ އެވެ.
މާލެ ސަރަހައްދުން ޕާސްޕޯޓް ދޫކޮށްފައިވާ ގޮތަށް ބަލާއިރު މާލެއިން 2،115 ޕާސްޕޯޓް، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 386 ޕާސްޕޯޓް، ހުޅުމާލެ ދެވަނަ ފިޔަވަހިން 367 ޕާސްޕޯޓް އަދި ވިލިމާލެއިން 36 ޕާސްޕޯޓް ދޫކޮށްފައިވެ އެވެ.
• ސ. މަރަދޫ 146 ޕާސްޕޯޓް
• ހދ. ކުޅުދުއްފުށި ސިޓީ 144 ޕާސްޕޯޓް
• ލ. ފޮނަދޫ 122 ޕާސްޕޯޓް
• ގދ. ތިނަދޫ ސިޓީ 111 ޕާސްޕޯޓް
• ރ. އުނގޫފާރު 100 ޕާސްޕޯޓް
• ހއ. ދިއްދޫ 70 ޕާސްޕޯޓް
• ޏ. ފުވައްމުލަކު ސިޓީ 65 ޕާސްޕޯޓް
• ށ. ފުނަދޫ 57 ޕާސްޕޯޓް
• ދ. ކުޑަހުވަދޫ 47 ޕާސްޕޯޓް
• ބ. އޭދަފުށި 39 ޕާސްޕޯޓް
• ނ. މަނަދޫ 34 ޕާސްޕޯޓް
• ހއ. އިހަވަންދޫ 11 ޕާސްޕޯޓް
• އއ. ރަސްދޫ 9 ޕާސްޕޯޓް
• ވ. ފެލިދޫ 1 ޕާސްޕޯޓް
• ފ. ނިލަންދޫ 1 ޕާސްޕޯޓް
• މ. މުލި 1 ޕާސްޕޯޓް
• ތ. ވިލުފުށި 1 ޕާސްޕޯޓް
• ތ. ވޭމަންޑޫ 1 ޕާސްޕޯޓް
މީގެ އިތުރުން މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ހުންނަ އިމިގްރޭޝަން އޮފީހުން 20 ޕާސްޕޯޓް ދޫކޮށްފައިވާއިރު، މިދިޔަމަހު 25 ޕާސްޕޯޓެއް ގެއްލިގެން ރިޕޯޓްކުރިކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރައީސްގެ މި ވައުދު މިހާރު ވަނީ ފުއްދަވާފަ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.