ކައުންސިލް އައު އިމާރާތްތައް ތަރައްގީކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގެ ކައުންސިލް އިމާރާތުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށެވެ. އަދި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ބާރަށް ކުރިއަށްގެންދެވޭކަމަށާއި މި މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފާފައިވާކަމަށެވެ.
އާރްސީސީއާ ހަވާލުކޮށްގެން 55 ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އިތުރު 50 ކައުންސިލެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްގީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.