ads
އައްޑޫ ސިޓީ
އައްޑޫ ބައި ކުރުމުން ވަކި ރަށްތަކަށް ކުރާނެ ފައިދާއެއްނެތް: ނަޝީދު
އައްޑޫ ބައި ކުރުމުން ވަކި ރަށްތަކަށް ކުރާނެ ފައިދާއެއްނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް މުހިންމީ އެ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރުކުރެވޭނެ ގޮތެއް ހޯދުން ކަމުގަ އެވެ.

"މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާނެ އެތަށް ބައިވަރު ޒުވާން އިންޖިނިއަރުން، ޑޮކްޓަރުން ޓީޗަރުން އަދި މިނޫންވެސް ފަންނީ އެތައް ބައިވަރު މީހުން މި އިސްލާމީ އުންމަތުގައި އެބައުޅޭ." ރައީސް ނަޝީދު ވިދާޅުވި އެވެ

 

ގާނޫނު އަސާސީގައި ބުނެފައިވާ ސަރުތުތައް ހަމަވާ ފަންނީ އަދި ތައުލީމީ ބޭރު މީހުން ވަކި މުއްދަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް ކަމަށް ދެކި ވަޑައިގަންނަވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

މިގޮތަށް މިކަން ކޮށްގެން އައްޑޫ ސިޓީ އަކީ 50 ހާސް މީހުން ދިރިއުޅޭ ސިޓީ އަކަށް ހެދިގެންދާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނަގާ ވޯޓަކީ، ފެންނަ ނުފެންނަ ވޯޓު ނެގުމާ ގުޅޭ ގޮތުން ހަދާފައިވާ އާ ގާނޫނުގެ ދަށުން ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.

އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެ ވޯޓުގައި އަހާނީ އައްޑޫގައި ވަކިވަކި ކައުންސިލެއް އޮންނަން ބޭނުންތޯ ނުވަތަ މިހާރުގެ ގޮތަށް އައްޑޫ ސިޓީ ކައުންސިލް ގޮތަށް ކުރިއަށް ގެންދާނީތޯ އެވެ. މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް