ads
ހަނިމާދޫ ދާއިރާ މެމްބަރު އަބްދުލް ގަފޫރު މޫސާ-- ފޮޓޯ: މަޖިލިސް
ޕެންޝަން ފަންޑުން ފައިސާ ނެގުމުން ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރާނެ: ގަފޫރު
ސަރުކާރުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ލޯނެއްގެ ގޮތުގައި ނަގައި ޗާޕުކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ޑޮލަރުގެ އަގު 22 ރުފިޔާއަށް މައްޗަށް ދާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
Advertisement

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލަކަށް ބަހުސް ކުރައްވަމުންނެވެ.

ގަފޫރު ވިދާޅުވީ، ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޕެންޝަން ފަންޑުން ނަގައި ދިގު މުއްދަތުގެ ލޯނަކަށް ބަދަލުކުރަމުންދާ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ސީދާ ފައިސާ ޗާޕުކުރުން ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު އުފުލިގެން ދިއުން ނޫންކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ. "މާދަމާ ޑޮލަރުގެ އަގު 22އަށް އަރާނެ މިކަން ކުރީމާ،" ގަފޫރު ވިދާޅުވި އެވެ.

ގަފޫރު އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ބަޖެޓުގައި ފައިސާ ނެތް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ޑްރޯން ގެންނަމުންދާ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަރަންޓު ބިލާއި ފެން ބިލު ބޮޑުވެ، އާސަންދައިގެ ހިދުމަތް ރަނގަޅަށް ނުލިބި، ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތި ހާލެއްގަ އެވެ. މި ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ ކަމަށާއި، މިގޮތަށް ކަންތައްތައް ކުރަމުން ގެންދާނަމަ 'ނިމުން ހިތިވާނެ' ކަމުގެ އިންޒާރުވެސް ގަފޫރު ދެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް