ads
ކުރީގެ ރައީސް ނަޝީދު. - ފޮޓޯ: އެމްޑީޕީ
ގޯހެއް ހިނގުމަކީ އެކަން އަލުން ކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު
ކުރީ ސަރުކާރުން ގޯހެއް ހިނގުމަކީ އެކަން އަލުން ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެ އެވެ.
Advertisement

ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ޝޯސަލް މީޑިއާގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައި އެވެ. 

އެ ޕޯސްޓުގައި ނަޝީދު ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ނުރަނގަޅުކޮށް ކަމެއް ހިންގާފައި އޮތުމަކީ މި ވެރިކަމުގައި އަދި ދެން އަންނަ އޮތް ވެރިކަމުގައި ވެސް އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ. 

ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ އެމްއެމްއޭއާ އެކު ފައިސާގެ މުއާމަލާތެއް ކުރަން ފާސްކޮށްފަ ވާ ދަނޑިވަޅެއްގައި އެވެ. 

ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކާ ގޮތަށް ވަނީ އެއްބަސްވެފައި އެވެ.

އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ކުރީ ސަރުކާރުން ވަނީ ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ކަމަށް ބުނެ ފައިސާ ޗާޕް ކޮށްފައި އެވެ. 

އެ ކަމާއި ގުޅިގެން އޭރުގެ އިދިކޮޅު އަދި މިހާރު ވެރިކަން ކުރާ ޕާޓީ ޕީއެންސީން ވަނީ އެކަން ކުށްވެރިކޮށް ވާހަކަ ދައްކާފައި އެވެ. 

އަދި ވެރިކަމަށް އައުމަށް ފަހު އެ ޕާޓީން ބުނަމުން ދިޔައީ މި ސަރުކާރުން އެއްގޮތަކަށް ފައިސާ ޗާޕް ނުކުރާނެ ކަމަށާއި ކުރީ ސަރުކާރުން އެކަން އެ ގޮތަށް ކުރުމުން ރާއްޖޭގެ މާލީ ވަރަށް ބޮޑަށް ދަށްވެގެން ގޮސްފައިވާ ކަމުގަ އެވެ. 

ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި ވަނީ ފައިސާ ޗާޕް ކުރުން ހުއްޓާލައިފައިވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް