ads
ފާމަސީގެ ތެރެއަށް ވަން ސައިކަލު
ސައިކަލެއް ކޮންޓްރޯލް ނުވެ ފާމަސީއެއްގެ ތެރެއަށް ވަދެއްޖެ!
ސައިކަލެއް ކޮންޓްރޯލް ނުވެ ފާމަސީއެއްގެ ތެރެއަށް ވަދެއްޖެ އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަށް ފިނިވާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް އިން ނެއްޓިގެން ގޮސް އެމަގުގައި ހުރި ފާމަސީއެއްގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. 

އެ ސައިކަލު ވަދެފައިވަނީ ހިތަށް ފިނިވާ މަގުގައި ހުރި ދަ ކުލްނިކްގެ ތެރެއަށެވެ. 

ޝޯސަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިޔޯ އަކުން ފެންނަގޮތުގައި އެ ސައިކަލު ގޮސް އަރާފައިވަނީ އެ ފާމަސީގެ ބިއްލޫރި ގަނޑަށެވެ. 

މިކަމާއި ގުޅިގެން ފުލުހުން ބުނީ ފާމަސީ އެއްގެ ބިއްލޫރި ގަނޑެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 13:04 ހާއިރު ލިބުމާއި އެކު ފުލުހުން އެ ސަރަހައްދުގައި ހަރާކާތްތެރި ވި ކަމަށެވެ. 

އެ އިދާރާއިން އިތުރަށް ބުނީ މިހާތަނުން ބެލިބެލުމުން މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ ސައިކަލު އިތުރު ސައިކަލެއްގައި ޖެހި އެކްސިޓެންޑު ވުމުން މމަޑު ކުރަން އުޅުމުގެ ތެރޭގައި މުއްގަނޑަށް ހިފާލެވި ކޮންޓްރޯލް ނުވެގެން ކަމަށެވެ. 

އެ އެކްސިޑެންޓުގައި ބިއްލޫރި ގަނޑުގައި ޖެހުން ސައިކަލު ދުއްވަން އިން މީހަކާގެ އިންގިލި ކަނޑައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި ސީރިއަސް އަނިޔާއެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވާ ކަމުގަ އެވެ. 

މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް