ads
ދޭ ބްރައިޓް މައިންޑްސް ގެ ވެރިޔާ އަލީ އަފްލަހު
އަފްލަހު ވަނި 2 އަހަރުވަންދެން 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައި
ކުދިންނަށް އޮންލައިންކޮށް ޓިއުޝަން ދޭ ބްރައިޓް މައިންޑްސް ގެ ވެރިޔާ އަލީ އަފްލަހު ވަނީ 14 އަހަރުގެ ކުއްޖަކަށް ދެ އަހަރު ވަންދެން ޖިންސީ ގޯނާކޮށްފައިކަމަށް ފުލުހުން ބުނެފިއެވެ.
Advertisement

ފުލުހުން ބުނީ އަފްލަހު ހައްޔަރުކުރި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ.

 އޭނާ ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.  އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

އަފްލަހު މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް