ads
ޗައިނާގެ ޗޮންޗިން އެއާލައިންގެ ފްލައިޓެއް
އާ ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ (ވީއައިއޭ) އާ ފަސިންޖަރު ޓާމިނަލުން ޗައިނާގެ ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ރަސްމީކޮށް ފަށައިފިއެވެ.
Advertisement

މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިން ކަމަށް އެއާޕޯޓު ހިންގާ ކުންފުނިން ބުންޏެވެ.

ޗޮންޗިން އެއާލައިންގެ ފުރަތަމަ ދަތުރު ފާހަގަކުރުމުގެ ގޮތުން އެ އެއާލައިންގެ ފްލައިޓަށް ވަނީ ހާއްސަ ވޯޓާ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ. ޗައިނާގެ ޗޮންޗިން ސިޓީއިން ސްރީލަންކާގައި ޓްރާންސިޓް ކުރުމަށް ފަހު ރާއްޖެ އައި ފްލައިޓު ނަންބަރު އޯކިއު2393 އިން އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ފަސިންޖަރުންނަށް ހަދިޔާ ވެސް ދީފައިވެއެވެ.

މިކަމާ ގުޅިގެން މިއަދު ވަނީ އާ ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ރަތް ފިނިފެންމާ ހަދިޔާކޮށްފައިވެއެވެ. ޗޮންޗިން އެއާލައިނުން ވަނީ ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖައްސާފައެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ 165 ސީޓުގެ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓެކެވެ.



100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް