ads
މާލޭ ލޯކަލް މާރުކޭޓުގައި ވިއްކަން ބަހައްޓާފައިވާ ދިވެހި އަނބު
މާރުކޭޓުގައި އަނބު ތިޔާގިވި ނަމަވެސް, ކިލޯއެއް 150 ރުފިޔާއަށް
ފުވައްމުލަކު ދޮން އަނބުގެ މޫސުމާ އެކު، މާލޭގެ ދަތުރުވެރިންގެ މާރުކޭޓަށް ގިނަ އަދަދަކަށް އަނބު ތިޔާގިވި ނަމަވެސް، އަނބުގެ އަގު އުފުލިއްޖެއެވެ.
Advertisement

މާރުކޭޓުގައި ދޮން އަނބު ކިލޯއެއްގެ އަގު 120 ރުފިޔާ އާއި 150 ރުފިޔާ އާ ދެމެދުގަ އެވެ.

ކިލޯގެ އަގުގެ އިތުރުން ވަކިން ވިއްކާ އަނބުގެ އަގުތައް ވެސް ހުރީ މަތިކޮށެވެ. އެގޮތުން، ކުޑަ ދޮން އަނބެއް 10 ރުފިޔާ އަށް ލިބޭއިރު، ބޮޑު އަނބެއްގެ އަގު 32 ރުފިޔާ އަށް އަރަ އެވެ. 

ދޮން އަނބެކޭ އެއްފަދައިން ހުތް އަނބު ވެސް މާރުކޭޓުން ލިބެން ހުރިއިރު، ހުތް އަނބު ކިލޯއެއް ވިއްކަނީ 120 ރުފިޔާ އަށެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އަނބުގެ އަގުތައް ތިރިވުމަކީ އެކަށީގެންވާ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް