ads
އިއްޔެ ބޭވުން މެޗުގެ ތެރެއިން
ރައީސްގެ ޝުކުރު ޖިއާނީ އިންފަންޓީނޯ އަށް
ރައީސް ޑރ.މުހައްމަދު މުއިއްޒު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ޝުކުރު އަދާ ކުރައްވައިފި އެވެ.
Advertisement

މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އިންފަންޓީނޯ ކުރައްވަމުން ގެންދަވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. 

އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑު ފަހުރެއް ލިބެގެން ގޮސްފައިވާ ކަމަށާއި އުންމީދު ކުރައްވަނީ ކުރިޔަށް އޮތް ތަނުގައިވެސް މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ހެޔޮބަދަލެއް އައިސްގެން ދާނެ ކަމަށް ރައީސް މި ޕޯސްޓުގައި ފާހަގަ ކުރެއްވި އެވެ. 

ރައީސް ފާހަގަ ކުރެއްވި ގޮތުގައި މި ދަތުރުފުޅުގައި އިންފަންޓީނޯ ވަނީ އެފްއޭއެމްގެ ކުރި އެރުމަށް ކުރިޔަށް ގެންދެވިދާނެ ބައެއް ކަންކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާ ފީފާގެ ފަރާތުން އެފްއޭއެމްގެ ތަރައްގީ އަށް ކުރެވެން ހުރި ކަންކަން ކުރުމަށް އެއްބާރުލުން ދެމުން އަންނާނެ ކަމުގެ ޔަގީން ކަން ދެއްވާފައި ކަމުގަ އެވެ. 

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް މި ޒިޔާރަތް ކުރެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ތޯރިގުގެ ހާއްސަ ދައުވަތަކަށެވެ. 

މި ޒިޔާރަތުގެ ތެރެއިން އިއްޔެ ގައުމީ ދަނޑުގައި ކުރިއަށްގެންދިޔަ ފެސްޓިވަލަކީ ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ފޯރިއެއް ގެނެސްދިން ހަރަކާތެއްކަމަށް ފާހަގަ ކޮށްލެވެ އެވެ. 

މި ހަރަކާތުގެ ދަށުން އިއްޔެ ވަނީ ހާއްސަ ފޯރިގަދަ މެޗެއް ކުޅެވިފައި އެވެ. 

މި ހާއްސަ ފުޓުބޯޅަ ފެސްޓިވަލްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ކެޕްޓަނުންގެ ގޮތުގައި ފެނިގެންދިޔައީ ރައީސް މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯއެވެ. 

މީގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، މިނިސްޓަރުން، އަދި ސަރުކާރުގެ އިސް ބޭފުޅުން މި މެޗުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 

އަދި އިޓަލީއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަޝްހޫރު ޑިފެންޑަރު މާކޯ މަޓެރާޒީ އާއި ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑުން ވެސް މި މެޗުގައި ކުޅެފައިވެއެވެ.

މި މެޗު އިންފަންޓީނޯގެ ޓީމު ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް