ads
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ައައްޑޫގެ ވޯޓުން ރުޅިވެރިކަން އިތުރުނުވާނެ ކަމަށް އުންމީދުކުރަން: ނަޝީދު
އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދޭން އެންމެން ވެސް ބާރުއެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
Advertisement

މިހާތަނަށް ލިބުނު ނަތީޖާތައް ދައްކާ ގޮތުން ފޭދޫގެ ވޯޓު ނިމުނު ގޮތަކީ:

  • އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް 1782 ވޯޓް

  • އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް 615 ވޯޓް

މިއަދު ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، އެ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ތިން ރަށުން ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބެ އެވެ. އެކަމަކު އޭގެ ތެރެއިން 50 ޕަސެންޓު މީހުން ވެސް ވޯޓުގައި ބައިވެރިއެއް ނުވެ އެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ވޯޓުގައި ބައިވެރިވީ އެންމެ 4،427 މީހެކެވެ.

ފޭދޫން އެކަނި ވެސް 4،355 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެ އެވެ. އަދި ހުޅުދޫން 2،874 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު މީދޫން ވޯޓުލުމުގެ ހައްގު ލިބެނީ 2،347 މީހަކަށެެވެ.

މި ވޯޓުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާންކުރާ ގޮތަށް ވަނީ ހަމަޖެހިފައިވާއިރު. އައްޑޫގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވަނީ ވިދާޅުފަ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދުގެ ވޯޓުގައި، ވޯޓުދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ދިނީ 2،176 ވޯޓު ކަމަށާއި ސިޓީއެއްގެ ގޮތުގައި ބާއްވަން ދިނީ 2،251 ވޯޓު ކަމަށެވެ. އެހެން ނަމަވެސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުަލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރުއަޅުއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު އެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެ ވޯޓު އިއުލާން ކުރެއްވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ ވޯޓާ ގުޅިގެން ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން ނިންމާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް