ads
ހުޅުމާލެ ފޭސްޓޫ ހިޔާ ފްލެޓްތައް
ހިޔާ ޓަވަރެއްގައި މިރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން ކުއްޖަކު ހައްޔަރުކޮށްފި
ހިޔާ ޓަވަރެއްގައި މިރޭ ހިންގި ހަމަނުޖެހުމާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުންގެ ބުނީ ހިޔާ ޓަވަރު 9 އެއްގައި ދެބައެއްގެ ދެމެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން ކުޑަ 3 ކުއްޖަކު މައުލޫމާތު ސާފުކުރުމަށް ހުއްޓުވާފައިވާ ކަމަށެވެ. 

އަދި 16 އަހަރުުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ހިޔާ ޓަވަރަކުން މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެ ސަރަހައްދުގައި ހުރި މީހަކު ދައްކާ ވާހަކަ ވެސް ވީޑިއޯއިން އަޑުއިވޭއިރު، މީހަކު ވަޅިއެއް ހިފައިގެން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެ އެވެ.

ނަމަވެސް ފުލުހުން ބުނީ މިހަމަނުޖެހުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާކަމަށާއި އަދި މާރާމާރީއެއްވެސް ހިންގާފައިވާ ނުވާކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް