ads
'ބޮޑުމަސް ބޭނުން' ގޭމުގެ އިތުރުން، މި މަހުގެ ނިޔަލަށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފައި - ފޮޓޯ/ދިރާގު
ދިރާގުން ބޮޑު އީދަށް ބޮޑުމަސް ބާނައިގެން އިނާމުތަކެއް؛ ހިލޭ ޑޭޓާ ވެސް ދެނީ
ދިރާގުން އަޟްހާ އީދަށް ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
Advertisement

ދިރާގުން ވަނީ "ބޮޑުމަސް ބޭނުން"ގެ ނަމުގައި މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހާއްސަ ގޭމެއް ތައާރަފުކޮށްފަ އެވެ.

ދިރާގުއެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި ބައިވެރިވެގެން، ފިޝިން ގިއާ ކިޓަކާއި ގޯޕްރޯ ހީރޯ11އެއް ހޯދުމުގެ ފުރުސަތު މި މަހުގެ 30ގެ ނިޔަލަށް އޮންނާނެ އެވެ.

ދިރާގުގެ "ބޮޑު މަސް ބޭނުން" ގޭމުގެ އިތުރުން ދިިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އޭގެ ތެރޭގައި "އީދު ޑޭޓާ ކޮމްބޯ" އާއި "އީދު ބޯނަސް ޑޭޓާ' ހިމެނެ އެވެ. "އީދު ޑޭޓާ ކޮމްބޯ" އަކީ ޕްރިޕެއިޑް ކަސްޓަމަރުންނަށް 45ޖީބީ ޑޭޓާ، ހިލޭ ދިރާގު ކޯލްތަކާއި އިތުރު ފައިދާތައް ލިބޭ ގޮތަށް 650ރ. އަށް ލިބޭ 28 ދުވަހުގެ ޕެކޭޖެކެވެ. 'އީދު ބޯނަސް ޑޭޓާ' އަކީ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އެޑް-އޯންތަކާއެކު 25 ޕަސެންޓު އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބޭ އޮފާއެކެވެ. 

ދިރާގުން ބުނީ، ބޮޑު އީދު ޕްރޮމޯޝަންތަކާ ބެހޭ އިތުރު މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ލިބޭނެ ކަމަށެވެ. ދިރާގުން ދަނީ މިފަދަ އެކި ޕްރޮމޯޝަންތައް އެކި މުނާސަބަތުތަކަށް ހާއްސަކޮށް ތައާރަފްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;