ads
ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް: އޭނާ ވިދާޅުވީ، ނޫސްވެރިން އުލު ބައިދަންވީ ކަމަށް - ފޮޓޯ: މަޖިލީސް
މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގަން ޖެހޭ: ފަލާހް
ކުރީ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގާ ޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ފަލާހު އެ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި މިއީ އިނގުރައިދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުވަތަ ޕީއެންސީގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ވެސް ދެއްކެވި ވާހަކައެއް ނޫން ކަމުގަ އެވެ. 

ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ޝުއޫރެއް ހާމަކޮށްލީ ކަމަށާއި ހިލޭ ދީފައި ހުރި ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައިގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން ކަމަށް ފަލާހް ވިދާޅުވި އެވެ. 

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފްލެޓް ލިބުން މީހުން ފައިސާ ދައްކަން ޖެހޭ އިރު ބޮޑެތި ގޯތިތައް ދިނުމަކީ އެއްގޮތަކަށްވެސް އިންސާފެއް ނޫން ކަމަށް ފަލާހް ވިދާޅުވިި އެވެ.

ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމުގަ އެވެ. 

މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ.

އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.

ސިރާޖު އޭރު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ތެރެއިން "އެޗް8" ކެޓަގަރީގައި ހިމެނޭ މާލޭ ރަށްވެހިންނާއި "އެޗް9" ކެޓަގަރީގައި ހިމެނޭ މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދީފައި ވަނީ ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް