ފަލާހް ވިދާޅުވީ އިއްޔެ މަޖީލުގައި އޭނާ ދެއްކެވީ ވާހަކައަކީ އަމިއްލަ ހިޔާލެއް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ސަރުކާރާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ.
ފަލާހް ވިދާޅުވީ ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ބޭފުޅުންނައް ލިބިފައިވާ ތަނަކުން ގޯތި ދިނުމަށް ކުރަންޖެހޭ ކަންކަން މި ސަރުކާރުން ކުރިޔަށް ގެންދާނެ ކަމަށާއި އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ސަރުކާުން ކަން ނުކުރައްވާނެ ކަމަށެވެ.
ފަލާހް އިއްޔެ މަޖިލީހުންގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރީ ސަރުކާރުން މާލެ ސަރަހައްދުން ހިލޭ ދިން ގޯތިތައް ދައުލަތަށް ނަގާ ޖެހޭ ކަމަށެވެ.
ފަލާހް އިތުރަށް ވިދާޅުވެފައި ވަނީ މިއީ ޕީއެންސީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކަ އެއް ނޫން ކަމަށާއި މިއީ ހަމަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އޭނާގެ ހިޔާލު ފާޅު ކުރެއްވުމުގެ ނިޔަތުގައި ދެއްކެވި ވާހަކަ އެއް ކަމުގަ އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި ފްލެޓް ލިބުން މީހުން ފައިސާ ދައްކަން ޖެހޭ އިރު ބޮޑެތި ގޯތިތައް ދިނުމަކީ އެއްގޮތަކަށްވެސް އިންސާފެއް ނޫން ކަމުގަ އެެވެ.
ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމުގަ އެވެ.