ވެލްނަސް ޕްލެޓްފޯމް - ގްރިޓްޒޯންއިން ބުނީ އެމީހުންގެ މަސައްކަތުގެ އަމާޒަކީ އުފާވެރި، ނަފްސާނީގޮތުން އަދި ޖިސްމާނީގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމުވެ. މާލީ ގޮތުން ފުދުންތެރި މުޖުތަމައުއެއް ބިނާކޮށް މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކޮށް ފުރުސަތު ހޯދައި ދިނުމެވެ.
ކޮންމެ މަހަކު ގްރިޓް ޒޯންއިން ހިންގާ ޕްރޮގްރާމްގެ ކާމިޔާބީ މިންކުރަނީ ބައިވެރިންނަށް ދަސްވެގެންދާ ކަސްރަތު ކުރުމުމުން %20، މިންހެޔޮކޮށް ކެއުމުން %80 އަދި އަމިއްލަ ނަފްސާއިމެދު އޮންނަ އިތުބާރު އިތުރުކޮށް ކުރިޔަށް ދިއުމުން %100 ހާސިލްވާނެކަން ކަންބުނެދީ އަދި ބައިވެރިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވާން ހިތްވަރުދީ އެހީވެދިނުމުން ނެވެ.
ބެލެހެޓުންތެރިންނާއި އެހީތެރިންގެ ދުވަސް ގްރިޓްޒޯންގެ ފަރާތުން ފާހަގަކުރުން - ފޮޓޯ: ގްރިޓްޒޯން
ގްރިޓްޒޯންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މިއަދު ވަނީ އިންޓަނޭޝަނަލް ޑޭއޮފް ކެއާ ގިވާސް އެންޑް ސަޕޯޓާސް ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ.
އެގޮތުން ތިން އަތޮޅެއްގައި ވަނީ މިދުވަސް ފާހަގަ ކޮށްފަ އެވެ. އެއީ ކ. އަތޮޅުން ހުޅުމާލެގައި ހިންގާ ފިޔަވަތި، ބ.އަތޮޅު އޭދަފުށީގައި ހިންގާ ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރު އަދި ކުޅުދުއްފުށި ސިޓީގައި ހިންގާ ހދ. ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގައި މަސައްކަތް ކުރައްވާ ހުރިހާ ބެލެހެއްޓުންތެރިންނާއި އެހީ ތެރިންނާއި އެންމެހާ މުވައްޒަފުނަށް އެބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދުވަހާއި ގުޅޭ ކާޑަކާއި ރަމްޒީ ހަދިޔާއެއް ވަނީ ހަވާލުކޮށްފަ އެވެ.
ގްރިޓްޒޯންއަކީ މީގެ އެއް އަހަރު ކުރިން ވެލްނަސް ކޯޗުންކަމުގައިވާ ކޯޗް އަހުމަދު ފާރިޝް، ކޯޗް އައިޝަތު ޝާމިލާ ޝަމީމް، ކޯޗް މިރުފަތު ފާއިޒު އަދި ކޯޗް މަރިޔަމް ޝިޔާމާ، މެލޭޝިޔާގެ ވެލްނަސް އެކްސްޕާޓްސް އާއި ގުޅިގެން އުފައްދާފައިވާ ވެލްނަސް ޕްލެޓްފޯމްއެކެވެ.