ads
18 އެމްބިއުލެންސް އިންސްޕެކްޓް ކުރުމުގެ ތެރެއިން
ރާއްޖެ ގެންނަ 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ނިންމައިފި
ރާއްޖޭއަށް ގެންނަން ނިންމާފައިވާ 56 އެމްބިއުލާންސްގެ ތެރެއިން 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ނިންމާލެވިއްޖެ ކަމަށް އެމްޕީއެލުން ބުނެފި އެވެ.
Advertisement

އެމްޕީއެލްގެ އޮފިޝަލަކު މިއަދު "ސީއެންއެމް" އަށް ވިދާޅުވީ ރާއްޖެއަށް 56 އެމްބިއުލަންސް ގެންނަން މިނިސްޓްރީ އޮފް ހެލްތުން އެ ކުންފުންޏާއި ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ވަނީ ޑުބާއީގައި ފުރިހަމަކުރެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން މި އިންސްޕެކްޝަންތައްް ކުރިއަށް ގެންދިޔައީ އެމްޕީއެލް އަދި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުން ކަމަށް އެ ކުންފުނިން ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ. 

ރާއްޖެއަށް 56 އެމްބިއުލާންސްއެއް ގެނައުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވާއިރު 60 އަށްވުރެ ގިނަ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް މިއަހަރު ކުރިއަށްގެންދަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވެފައިވަނީ އެ އެމްބިއުލާންސްތައް ފޮނުވަނީ އެމްބިއުލެންސް ހަލާކުވެފައި ނުވަތަ އެކި ކަހަލަ މައްސަލަތައް ދިމާވެފައި ހުރި ރަށްތަކަށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް