ads
ކުރީގެ ރައީސް ސާލިހް ރޭ ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުން މަރުހަބާ ކިޔަނީ
އޮޅުން ބޮޅުން ގަނޑެއް ތެރެއަށް މުޅި ގައުމު ވެއްޓި، މުޅި ނިޒާމު ހަރާބު ވެއްޖެ: އިބޫ
އޮޅުން ބޮޅުން ގަނޑެއް ތެރެއަށް މުޅި ގައުމު ވެއްޓި، މުޅި ނިޒާމު ހަރާބު ވެެފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް ސާލިހް މިހެން ވިދާޅުވީ ހއ. ހޯރަފުށީގެ ތަރައްގީގެ އެންމެ ޝަރަފުވެރި އައްޑަނަ އެމަނިކުފާނަށް އެރުވުމަށް ރޭ އެރަށުގައި ބޭއްވި ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް ސާލިހް ވިދާޅުވީ އޮޅުން ބޮޅުން ގަނޑެއް ތެރެއަށް މުޅި ގައުމު ވެއްޓި މުޅި ނިޒާމު މިވަނީ ހަރާބު ވެފަކަމަށެވެ. އަދި އެއްވެސް ތަނެއް ޖަވާބު ދާރީ ކުރެވޭނެ އެއްގޮތެއްވެސް ނެތްކަމަށް ސާލިހް ވިދާޅުވިއެެވެ. 

" ރައްޔިތުންގެ މަޖިލީހެއް, ޖުޑީޝަރީ އެއް, މިނިވަން މުއައްސަސާއެއް ކިޔާނެ ކަމެއް ނެތް. މިއީ އެއްފުރާޅެއްގެ ދަށުގަ ހުރި, އެކަކު ހިންގާ ތަންތަނަށް ވެއްޖެ. ޖަވާބުދާރީ ކުރެޥޭނެ ގޮތެއް ނެތް." ރައީސް ސާލިހް ވިދާޅުވި އެވެ.

ރައީސް ސާލިހް ވިދާޅުވީ މި ސަރުކާރުން މަޖިލިހަށް ބަޖެޓް ހުށައަޅާއިރުވެސް އެއްވެސް ތަފްސީލެއް ހާމައެއް ނުކުރާކަމަށެވެ. 

" ކަމެއް ކުރާ ގޮތެއްގެ ތަފްސީލެއް ހާމައެއް ނުކުރޭ. ބަޖެޓެއް ހުށަހަޅާ އިރުގަ ކަން ކުރަންވީ ގޮތުގެ ތަފްސީލެއް ނުދެވޭ. ދެން ކިހިނެއްތޯ ކަމެއް ކުރާނީ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް. އެނޫން އެއް ކަމެއްވެސް ނުފެނޭ." ރައީސް ސާލިހް ވިދާޅުވި އެވެ.

ހޯރަފުށި ދުވަސް ފާހަގަކުރަން ރޭ އެ ރަށުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ސޯލިހުއަށް އެރުވީ ސިރީ ނަވަރަންނަ އައްޑަނަ އެވޯޑެވެ. އެއީ ހޯރަފުށީގެ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑު ސޯލިހުއަށް އެރުވީ ހޯރަފުށި ކައުންސިލްގެ ރައީސް، މުހައްމަދު ވަހީދު އެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ސޯލިހުއަކީ ހޯރަފުށީގެ ބާނީ އަދި އެ ރަށު ތަރައްގީގެ ހަގީގީ "ކިންގު" ކަމަށެވެ. އެ ވެރިކަމުގައި އެތައް މިލިއަން ރުފިޔާގެ މަޝްރޫއުތައް ފެށި ހޯރަފުށި ބަދަލުވެގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް