 
                                                                                                
                    އޭނާ ސޯޝަލް މީޑިއާގައި ކޮންތަނެއްކަން ނުބުނެ ހިއްސާކޮށްފައިވާ މި ދަތުރުގެ ފޮޓޯތައް ވަނީ ވައިރަލް ވެފައެވެ.
މަހޭޝް ބާބު ހިއްސާކުރި ފޮޓޯތަކާ ގުޅިގެން އޭނާގެ ފޭނުން ދަނީ އެކި ގޮތްގޮތަށް ޝުއޫރު ފާޅުކުރަމުންނެވެ. ގިނަބަޔަކު ބުނާގޮތުން އޭނާ ހުރީ ދިވެހިރާއްޖޭގައެވެ. އަދި ގިނަ ރިޕޯޓުތަކެއް ބުނާގޮތުން، އޭނާ ހުރީ ވެސް ދިވެހި ރާއްޖޭގައެވެ. ގިނަ ބަޔަކު ދަނީ އޭނާއަށް "އަސްލު ތޫފާން" ގެ ނަމުން މުހާތަބުކޮށް، ކުރިއަށް އޮތް ފިލްމާ މި ދަތުރު ގުޅުވަމުންނެވެ.
ފިލްމީ ތަރިންގެ މިފަދަ ދަތުރުތަކުގެ ފޮޓޯތައް ގިނަ ބައެއްގެ ސަމާލުކަމަށް އަބަދުވެސް ލިބެއެވެ.