ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:48 ހާއިރު ހުޅުމާލެއިން މާލެއަށް ހައިވޭގައި ދަތުރުކުރި ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަދި އެ މީހާގެ ބޯ ފަޅައިގެން ގޮަސް އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.