މި ރެފްރިޖެރޭޓެޑް ސީވޯޓާ، އާރް.އެސް.ޑަބްލިއު ސިސްޓަމް ތައާރަފްކޮށްދެއްވީީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ.
އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތައާރަފްކުރި އާރްއެސްޑަބްލިއު ނިޒާމަކީ، ރާއްޖޭގެ މަސް ދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ހާއްސަ ކޮށްގެން ތައާރަފްކުރި ފުރަތަމަ ނިޒާމެވެ.
މިހާރު ސަރުކާރުން އަންނަނޯ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް އޮޑި ދޯނިފަހަރުގައި ގާއިމްކުރުމަށް ލޯނު ވެސް ދޫކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައި ވެސް މި ނިޒާމު ގާއިމްވުމެވެ.
މިއަހަރުގެ މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ގާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރާމަކަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އިއުލާންކުރައްވާފަ އެވެ.