ads
ޗާލްސް އަދި ޕްރިންސް އެންޑްރޫ
ޕްރިންސް އެންޑްރޫ ޝާހީ އާއިލާއިން ބޭރުކޮށްފި
ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ޕްރިންސް އެންޑްރޫގެ ހުރިހާ ޝާހީ ލަގަބުތަކާއި ޝަރަފުތައް އަތުލުމަށް ބަކިންހަމް ޕެލަސް އިން ރަސްމީކޮށް ނިންމައިފިއެވެ.
Advertisement

މި ނިންމުމަކީ ޝާހީ އާއިލާގެ ތެރެއިން މިފަދަ ބޮޑު ފިޔަވަޅެއް އެޅި މަދު ފަހަރުތަކުގެ ތެރެއިން އެއް ފަހަރެވެ.

މި ނިންމުމާ ގުޅިގެން، ޕްރިންސް އެންޑްރޫއަށް ދެން "ހިޒް ރޯޔަލް ހައިނަސް" ނުވަތަ "ޕްރިންސް" ގެ ލަގަބެއް ބޭނުމެއް ނުކުރެވޭނެއެވެ. އަދި އޭނާގެ ރަސްމީ ނަމަކަށް ވާނީ އެންޑްރޫ މައުންޓްބެޓަން ވިންޑްސާ އެވެ. މީގެ އިތުރުން، އޭނާ މިހާރު ދިރިއުޅުއްވާ ރޯޔަލް ލޮޖް ހުސްކުރުމަށް އަންގާފައިވާއިރު، އޭނާގެ އަމިއްލަ ހަރަދުގައި ސެންޑްރިންހަމް އެސްޓޭޓުގައި ހުންނަ އެހެން ގެއަކަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން އޭނާގެ ކުރީގެ އަނބިކަނބަލުން ސާރާ ފާގަސަން ވެސް ވަކި ގެއަކަށް ބަދަލުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ބައެއް ފަރާތްތަކުން، ހާއްސަކޮށް ވާޖީނިއާ ޖުފްރޭގެ އާއިލާއިން މިކަން ސިފަކޮށްފައިވަނީ ޖިންސީ ގޯނާގެ އަނިޔާ ލިބުނު ފަރާތްތަކަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް